ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އަހަރަކު 2.9 މިލިއަން ފީފާގެ ތެޔޮ ހޭދަވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ދިހަ ބިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މިއީ ޖީޑީޕީގެ ދިހަ ޕަސަންޓު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓުގެ ކެޕޭސިޓީއަކީ 310 މެގަވޮޓް ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާގެ ޑީސަލް ހޭދަވާ ކަމަށެވެ. ރިސޯޓުތަކުންވެސް އެ އަދަދާ ގާތަށް ތެޔޮ ހަރަދުވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ކެޕޭސިޓީއަކީ 298 މެގަވޮޓު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހުރި ސިނާއީ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީއަކީ 30 މެގަވޮޓް ކަމަށާއި މާލޭގެ ކެޕޭސިޓީއަކީ 120 މެގަވޮޓް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަމާޒަކީ ތެލަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރަނިވި ހަތަކައަށް ބަދަލުވުން ކަމަށެވެ.
އެކަން ހަގީގަތަކަށް ހެދުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫއު ކަމުގައިވާ ފްލޯޓިން ސޯލަރ މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ނިޔަލަށް ރާއްޖޭގެ އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ.
އަލީ ޔާމިން
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް