ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް އެ ތަނުން ދުން އަރަމުންދާ ކަމަށް އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ މައުލޫމާތުދެއެވެ.
ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ހ. ހިޔާ ރޯދި ނަމަކަށް ކިޔާ ގޭގައި ހުންނަ ގުދަނެއްގައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަނަކަށް ބޭނުންކުރަމުން އައި އެ ގެޔަކީ އެއްވެސް ބަޔަކު ދިރިއުޅޭ ގެއެއް ނޫނެވެ. އެތަނުގައި ރޯވި އިރު އެތަން ހުސްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
އާއިޝަތު މާހާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ