ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ގ. ހިޔާ ރޯދި ނަމަކަށް ކިޔާ ގޭގަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

އެ ސަރަހައްދުގައި މި ވަގުތު ހުރި "ވަން" ގެ ނޫސްވެރިޔާ މައުލޫމާތު ދޭ ގޮތުގައި އެއީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. އަދި އެއްވެސް މީހަކަށް އަނިއްޔާއެއް ލިބުނުކަމުގެ މައުލޫމާތެއްވެސް ނުލިބެއެވެ.