މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ ފައުންޑޭޝަން ކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 2024 އެޕްރީލް 18 ގައެވެ.
ޖުމުލަ 117.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 420 ދުވަހުގެ ތެރޭގައެވެ.
ހައުސިން މިނިސްޓްރީން ބުނީ، މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓް ކަމަށެވެ. އެޕާޓްމަންޓުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އިމާރާތުގެ ވަށައިފާރާއި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު