ޕާކިސްތާނުން ކާބުލް އަށް ވައިގެ ހަމަލާއެއްދީ 100 މީހުން މަރާލައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މެދުތެރޭ ސަރަހައްދަކަށް ދިން ހަމަލާ އަރާފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒަކަށެވެ.
އިއްޔެ ދިން އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާ ވެ ފަރުވާ ދެމުން އަންނައިރު އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން މަރުވި މީހުންގެ އަސްލު އަދަދު ހާމަކޮށްފައި ނުވާކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެެ.
ޕާކިސްތާނުން ވަނީ އެ ހަމަލާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ މިލިޓަރީ އިމާރާތްތަކާއި ޓެރަރިސްޓުންނަށް ސަޕޯޓުކުރާ ތަންތަނަށް ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އދ ގެ އިދާރާއިން ވަނީ ޕާކިސްތާނުން ދިން ހަމަލާ ކުށްވެރިކޮށްފައެވެ. ދެގައުމުން ވެސް ހަމަލާތައް ހުއްޓާލައި ސުލްހަ ވުމަށްވެސް އދ ގެ އިދާރާއިން ވަނީ ގޮވާލައިފައެވެ.
ޕާކިސްތާނާއި އަފްގަނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދާ ގުޅިގެން އުފެދިފައިވާ ޒަމާންވީ ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ދެ ގައުމުން ހަމަލާ ބަދަލުކުރާތާ އެތައް އަހަރެއް ވެފައިވާއިރު މިފަހުން ދެގައުމުން ވަނީ އަނެއްކާވެސް ހަނގުރާމަ އިއުލާންކޮށް ދެގައުމުގެ މުހިންމު ސަރަހައްދުތަކަށް ހަމަލާ ދޭން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން