އިރާނާއެކު ކުރާ މަޝްވަރާތަކުގައި އަލިމަގެއް ފެންނާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފައިނޭންޝިއަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޖައިޝަންކަރް ވިދާޅުވީ އިރާނާއެކު ކުރާ މަޝްވަރާއިން ހޮރުމޯޒް ކަނޑުން އިންޑިއާއަށް ނިސްބަތްވާ ބޯޓުތައް ހުރަސް ކުރުމަށް މަގުފަހިވެގެންދާނެ ކަަމަށް ބެލެވޭކަމަށް ފާހަގަކުރައްވައިފައެވެ.
ޖައިޝަންކަރް ވިދާޅުވިގޮތުގައި، އަދި މިހާތަނަށް އިންޑިއާގެ ހުރިހާ ބޯޓުތަކަށް ހުއްދަ ލިބިފައެއް ނުވެއެވެ.
ހޮރުމޯޒް ކަނޑުއޮޅިއަކީ މެދުއިރުމަތިން ދުނިޔޭގެ ގިނަ ގައުމުތަކަށް ތެޔޮ އުފުލާ މައި މަގަށް ވެފައިވާއިރު އިރާނުން ވަނީ އެގައުމަށް އިސްރާއީލާއި އެމެރިކާއިން ގުޅިގެން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ކަނޑުއޮޅި ބަންދުކޮށްފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ