ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގޮބޮޑުވުމުގެ ސަބަބުން ރާއްޖޭގައިވެސް ތެލުގެ އަގުވަނީ މައްޗަށް ގޮސްފައެވެ. އެސްޓީއޯއިންވެސް އިއްޔެ ބޮޑު އަގުގައި ތެޔޮ ވިއްކާފައިވާއިރު އެކަމުގެ ސަބަބުން ލޯންޗު ފަހަރާއި، ފެރީތަކުގެ ޓިކެޓުގެ އަގުވަނީ ބޮޑުވެފައެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު "ވަން" އަށް މިރޭ ވިދާޅުވީ މަސްވެރިންނަށް ފަހި ހަކަތަަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭއެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބެން ހުންނާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަކަށް ބަދަލެއް އައިސްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައިދޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ބަދަލުތައް ގެންނަނީ އާންމުންނަށް މާލީގޮތުން ބުރަޔަކަށް ނުވާގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރުގެ ތެޔޮ ކުންފުނި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުވާނެކަމަށް އެންގުމާއެކު، މިފްކޯއާއި އަމިއްލަ ވިޔަފާރިތަކުން ވިއްކާ ތެލުގެ އަގުވެސް މިއަދުވަނީ ބޮޑުކޮށްފައެވެ.
މިފްކޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ކޮމްޕެލްކްސްއިންނާއި، އެ ކުންފުނީގެ ބޯޓު ފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 27.24 ރުފިޔާއަށް ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ޑީސަލް ތެޔޮ ލީޓަރެއް ވިއްކާނީ 28.54 ރުފިޔާއަށްކަމަށް މިފްކޯއިން ބުންޏެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ