ބާސެލޯނާގެ ރައީސް ކަމުގެ އިންތިހާބު، މިހާރުގެވެސް ރައީސް ޖޮއާން ލަޕޯޓާ ކާމިޔާބުކުރައްވައިފިއެވެ.
އުމުރުން 63 އަހަރުގެ ލަޕޯޓާ މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވީ 68 ޕަސެންޓް ވޯޓާ އެކުގައެވެ. މިއީ ޖެހިޖެހިގެން އޭނާ ރައީސްކަން ކުރައްވާ ދެވަނަ ފަހަރެވެ. އަދި މިއީ އޭނާ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ހަތަރު ވަނަ ފަހަރެވެ.
މީގެ ކުރިން ދަައުރަށް ލަޕޯޓާ އިންތިހާބުވެވަޑައިގެންފައި ވަނީ 2021 ވަނަ އަހަރުއެވެ. މިފަހަރުގެ އިންތިހާބުގެ މަހެއްހާ ދުވަސް ކުރިން ލަޕޯޓާ ވަނީ ރައީސްކަން ދޫކޮށްލައްވައިފައެވެ. އެއީ އިންތިހާބުގައި ވާދަކުރައްވާށެވެ.
އިންތިހާބަށްފަހު ލަޕޯޓާ ވިދާޅުވީ ބާސާގެ އިންތިހާބުން ފެނިގެން ދިޔައީ ޑިމޮކްރެސީގެ ރީތި އުސޫލު ކަމަށާއި، މަސައްކަތްތަކާއެކު ކުރިއަށް ދާން ތައްޔާރު ކަމަށެވެ. އެގޮތުން ސްޓޭޑިއަމްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި ސީނިއާ ޓީމު އިތުރަށް ވަރުގަދަ ކުރުން ކަމަށްވެސް ލަޕޯޓާ ވިދާޅުވިއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ