މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 24 މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ މާލޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ކަމަށާއި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށްވެސް އީދު ނަމާދުކުރެވޭނެ ގޮތަށް ހަމަޖައްސައިފައި ކަމަށެވެ.
މިނިސްޓްރީންވަނީ އީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތަކުގެ ލިސްޓުވެސް އާންމުކޮށްފައެވެ.
އެ ލިސްޓުގައިވާ ގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލޭގެ ސިންތެޓިކް ޓްރެކުގައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގެ މަސްޖިދު ހަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް ހުންނަ ހުސްބިމުގައި އީދު ނަމާދުކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ