ހުތުބާ ކިޔުމާއި، އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އދ. މާމިގިލީގައި ބޭއްވި ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ ތެރެއިން 26 ބައިވެރިއަކުވަނީ ސަނަދު ހާސިލުކޮށްފައި ކަމަށެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނީ އެހެން ތަމްރީނުތައް ބައިވެރިންނަށް ފޯރުކޮށްދެއެވެ.
މިއީ ގްރޭޑް 10 ގައި ކިޔަވާ ކުދިންނާއި، އޭލެވެލް ހަދާ ކުދިންގެ އިތުރުން ސްކޫލް ނިންމާފައި ތިބި ޒުވާނުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުން ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރި 270 ފަރާތަކަށް މިހާރުވަނީ ސަނަދު ދޫކޮށްފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު