މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %23.6 ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިމަހު 13ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 58،906 ފަތުރުވެރިންނެވެ.
އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %23.6ގެ ދަށްވުމެކެވެ. މިިދޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 77،100 އެވެ.
ނަމަވެސް މިިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންނަށްވުރެ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ ހައެއް އިންސައްތަ އިތުރުވެފަ އެވެ. މިއަހަރު މިހާތަނަށް 540،674 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 509،953 ފަތުުރުވެރިންނެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާ، ރަޝިއާ އަދި އިޓަލީންނެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:
- ޗައިނާ: 84،342 ފަތުރުވެރިން
- ރަޝިއާ: 63,553 ފަތުރުވެރިން
- އިޓަލީ: 51,138 ފަތުރުވެރިން
- ޔޫކޭ: 50,579 ފަތުރުވެރިން
- ޖަރުމަނު: 34,840 ފަތުރުވެރިން
- އިންޑިއާ: 20,380 ފަތުރުވެރިން
- ފްރާންސް: 19,297 ފަތުރުވެރިން
- ޔޫއެސްއޭ: 13,902 ފަތުރުވެރިން
- ޕޮލޭންޑް: 12,484 ފަތުުރުވެރިން
- ސްވިޒަލޭންޑް: 11,823 ފަތުރުވެރިން
ރާއްޖެ އަންނަ އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އެގޮތުން މި މަހު އައި ފަތުރުވެރިންގެ ތެރެއިން %67 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ.
މި ދުވަސްވަރަކީ އާންމުކޮށް ފަތުރުވެރިން އަންނަ ދުވަސްވަރެއް ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުކުރާ ބައެއް މަގުތައް ބަންދުވެފައިވާތީ ފަތުރުވެރިން އަންނަ މިންވަރުވަނީ ދަށްވެފަ އެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ނުރަނގަޅު އަސަރުކުރާނެ އެވެ.
އާއިޝަތު މާހާ
އިގްތިސޯދު
އިގްތިސޯދު
އިގްތިސޯދު
އިގްތިސޯދު