މިއަހަރުގެ ފުރަތަމަ ދެމަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންކަމް ޓެކުހުގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މިއީ މިދިިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.37 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅައި ބަލާއިރު 41.1 ޕަސެންޓްގެ އިތުރު ވުމެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައެވެ.
މިދިޔަ ދެ މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 635.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 684.1 މިލިޔަން ރުފިޔާއެވެ.
ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ރާއްޖޭގައި ވަޒަންވެރި ވެފައި ނުވާ ފަރާތްތަކާއި ވަގުތީގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އަހަރުގެ ފުރަތަމަ ދެ މަސްދުވަހު މިބައިން ލިބުނު އާމްދަނީ 181.1 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު ގާތްގަނޑަކަށް 200 ޕަސެންޓްގެ އިތުރު އަދަދެކެވެ.
އިބްރާހިމް ޒަކީ
އިންކަމް ޓެކްސް
އިންކަމް ޓެކްސް
އިންކަމް ޓެކްސް