އިރާނުގެ އާ ސުޕްރީމް ލީޑަރަށް އަނިޔާ ވެފައިވާކަމަށް އެމެރިކާއިން ބުނެފިއެެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިސްރާއީލާއި އެމެރިކާއިން އިރާނަށް ދެމުންދާ ހަމަލާތަކުގައި، އިރާނުން މިދިޔަ ހަފުތާގައި އައްޔަނުކޮށްފައިވާ އާ ސުޕްރިމް ލީޑަރު މުޒުތަބާ ހާމަނާއީއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށެވެ.

ޑިފެންސް ސެކްރެޓަރީ ވަނީ މުޖުތަބާގެ ފަހުގެ ވިޑިއޯއެއް އާންމު ވެފައި ނުވާކަމަށް ފާހަގަކުރައްވައިފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ސުޕްރިމް ލީޑަރުގެ ބަޔާނެއް އާންމުކޮށްފައި ވީނަމަވެސް ވީޑިއޯ ބަސްތީގަތުމެއްވެސް އާންމު ނުވާކަމަށް ޕީޓް ވަނީ ފާހަގަކުރައްވައިފައެވެ.

މިދިޔަ ބުދަ ދުވަހު ރޮއިޓާސްއާ ހަވާލާދީ އިރާނުގެ އޮފިޝަލަކު ވަނީ އާ ސުޕްރިމް ލީޑަރު މުޖުތަބާއަށް ކުދި އަނިޔާތަކެއް ވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް އަނިޔާ ތަކުގެ ސަބަބުން މަސައްކަތަށްް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާކަމަށް ބުނެފައިވެއެވެ.

ޑިފެންސް ސެކްރެޓަރީ ޕީޓް ވަނީ އިރާނަށް ދެމުންދާ ހަމަލާދައް ކުރިޔަށް އޮތްތަނުގައި ވަރުގަދަ ވާނެ ކަމަށާއި ހަނގުރާމައެއްގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.