އައްޑޫ ސިޓީ ހިތަދޫގެ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވައި ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު ހަވީރު 4:41 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެއީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވީ ނަމަވެސް، އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެ މީހާ ދެނެގަތުމަށް މިރޭ އާންމުންގެ އެހީއަށް ވެސް އެދިފައެވެ. އެގޮތުން އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއްވާ ނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭ ނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އޭގެ ފަހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް