އައްޑޫ ސިޓީ ހިތަދޫގެ ފަތާ ޓްރެކް މޫދުގައި މަރުވެފަ އޮތްވާ ފެނުނު ބިދޭސީ މީހާ ދެނެގަތުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު ހަވީރު 4:41 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެއީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވީ ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެހެންވެ ފުލުހުން މިހާރުވަނީ އެ މީހާ ދެނެގަތުމަށް އާންމުންގެ އެހީއަށް އެދިފައެވެ.
ފުލުހުން ބުނީ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭ ނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް