މާފަންނުގައި ހުންނަ ގެއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް މިއަދު މެންދުރު 1:01 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ތޯތާޕަރީ / ސ. ހުޅުދޫ، މުހައްމަދު ނިޒާރު (54އ) އެވެ.
ފުލުހުން ބުނީ މުހައްމަދު ނިޒާރު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް