ހދ. ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފަށަން ތައްްޔާރުވެއްޖެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ)އިން ބުނެފިއެވެ.
އެޗްޑީސީން ރޭ ބުނީ އެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ކުޅުދުއްފުށި ސިޓީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކުރީ 2025 އޮގަސްޓު 26 ގައެެވެ.
އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހދ. އަތޮޅަށް 2025 އޮގަސްޓު މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެޗްޑީސީއާ ހަވާލުކުރީ ޖުމުލަ 3،400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެއީ ކުރިން ސޮއިކޮށްފައިވާ މަޝްރޫއަކާއި ފަށާފައި އެކަމަކު ވަކި ހިސާބަކުން ހުއްޓިފައިވާ މަޝްރޫއެއްގެ އިތުރުން މުޅިން އަލަށް މަސައްކަތް ފަށާ 2،000 ހައުސިން ޔުނިޓު ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ ކަންކަން އަލުން ފަށަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. އެކަމަކު، އެކަންކަމުން އަރައިގަނެ އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ކަމަށެވެ.
ފާތިމަތު ލިއުޝާ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ