މިމަހުގެ 23 އިން އޭޕްރީލް ތިނަކަށް މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވަމުންދާ ޒުވާން ގައުމީ ޓީމުން، ސިންގަޕޫރުގައި އެގައުމުގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ސިންގަޕޫރާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، އޭގެ ފުރަތަމަ މެޗުގައި ރާއްޖޭން ރޭ ސިންގަޕޫރު ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހާފައި ވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ މުހައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އަދި އޮޑި ސްޕޯޓްސް ކްލަބްގެ އަހުޒަމް ރަޝީދު (އަހު) އަދި އަލްހާން ފައިސަލް އަމީނެވެ.
ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ޓީމުން ތަމްރީނުތައް ކުރިއަށް ގެންދާ އިރު، ސިންގަޕޫރުގައި ތިބޭ ދުވަސްތަކުގައި އަދި އިތުރު މެޗެއް ކުޅެން ރާވާފައިވެއެވެ.
ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މިފަހަރު ޒުވާން ޓީމު އެކުލަވާލުމަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭއެމްއިން ބޭއްވި ޑައިމަންޑް ޖޫބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕަށް ބަލާފައިވެއެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް