ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭ ހަދަން ޖެހޭ މަޝްރޫއުތަކާއި ނުޖެހޭ މަޝްރޫއުތައް އަލުން ކަނޑައަޅައި ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައިވަނީ އާ ގަވާއިދު ގެޒެޓްކޮށްފަ އެވެ. އެ ގަވައިދުގައިވާ ގޮތުން މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް މީގެފަހުން އީއައިއޭ ހަދާކަށް ނުޖެހޭނެ އެވެ.
އީއައިއޭ ނުހަދާ ކުރިއަށް ގެންދެވޭނެ 25 މަޝްރޫއެއް އެ ލިސްޓުގައިވެ އެވެ. އެއީ:
- ތަރުކާރީ އާއި މޭވާ އަޅާ ގަސްގަހާގެހި ނުވަތަ ވެށި ފެހިކުރުމަށާއި ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރާ ގަސްގަހާގެހީގެ ތެރެއިން ރާއްޖެ އަށް އެތެރެކުރުން ހުއްދަ ގަސްގަހާގެހި، އަމިއްލަ ގެދޮރާއި ދައުލަތުގެ އިމާރާތްތަކާއި އޮފީސް އޮފީހާއި އާންމު ހިދުމަތްދޭ ތަންތަނުގައި ހެއްދުން.
- އާންމު ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން.
- ރާއްޖެއަށް އެތެރެކުރުން ހުއްދަ މަސްމަހާމެހި، ނައަމްސޫފި، ކުކުޅު، ދޫނި، އަމިއްލަ ގެދޮރުގައި ގެންގުޅުން.
- ދުވާލަކު ފަސް ޓަނަށް ވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން.
- މިހާރު ހިނގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރު ފެނަށް ހަދާ ޕްލާންޓް ބެހެއްޓުން.
- 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުން.
- ލަކުޑިން އޮޑިދޯނިފަހަރު ބަނުން.
- ކަމާގުޅޭ އިދާރާއިން ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންނުކޮށް ވެލިނެގުން.
- އެންކޮށި ބެހެއްޓުން.
- ފަޅުތެރެއިން ސަރަހައްދެއް މެޝިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްކުރުން.
- ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައި ވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުން.
- ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުން.
- ރަށް ގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- ރުއްގަސް ނުކަނޑައި އެއްގަމުގައި ވަގުތީ ޖިފުޓި (ހަޓު) ހެދުން.
- މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ތެރެއިން 5,000 އަކަފޫޓަށް ވުރެ ކުދި، ފޯދިފައިވާ ރުއްގަސް ނެތް ބިންތަކުގައި ދަނޑުވެރިކަން ކުރުން.
- އަސްލަށް ބަދަލު ނާންނާނެ ގޮތަށް އެއްގަމު ތޮށްޓާއި ބޭރުތޮށްޓާއި ފާލަން މަރާމާތުކުރުން.
- އޮއި ދެމޭގޮތަށް އަޅާ ފާލަންތަކާއި ޕްލެޓްފޯމްތައް އެޅުން.
- އިމާރާތްކޮށް ނިމިފައިވާ ތަންތަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން.
- ބިންހިއްކުމާއި ރުއްގަސް ކެނޑުން ފަދަ ތިމާވެއްޓަށް އަސަރުކުރާ ކަންކަން ނުހިމެނޭ ގޮތަށް ޖަހާ ޓަވަރާއި އެންޓަނާ ފަދަ ތަކެތި ޖެހުން.
- އީއައިއޭ އެޕްރޫވް ކުރުމަށް ފަހު މޫދަށް އަޅައިފައިވާ ހޮޅި މަރާމާތުކުރުން.
- ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނަ އާއި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ޓަކައި ވަގުތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
- ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް.
- ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުން.
- މަގު ހެދުމުގެ މަޝްރޫއުތައް.
- ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަލަށް ތަރައްގީކުރާއިރު، އެތަނުގައި ފުރަތަމަ ގާއިމުކުރަން ޖެހޭ ގުދަނާއި އެކޮމޮޑޭޝަން ބްލޮކާއި ކޮމިއުނިކޭޝަން ޓަވަރު އެޅުން.
އެ ގަވައިދުގައި އީއައިއޭ ކޮންމެހެން ހެދުން ލާޒިމު 31 ބާވަތެއްގެ މަޝްރޫއު ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ މަޝްރޫއުތަކަކީ:
- އެއްވެސް ގަވާއިދެއްގައި ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން
- ކޮމާޝަލް އެކުއަކަލްޗާ މަޝްރޫއުތައް.
- ކޮމާޝަލް މަސް ޕްރޯސެސް ކުރުމުގެ މަޝްރޫއުތައް
- 500 އަކަމީޓަރަށްވުރެ ބޮޑެތި މަސްނޫއީ ފަރުތައް ހެދުމުގެ މަޝްރޫއުތައް
- ދަނޑުވެރިކަމާބެހޭ މަޝްރޫއުތައް (އެއްފަރާތަކުން ހިންގާ 1 ހެކްޓަރަށް ވުރެ ބޮޑެތި ދަނޑުތައް)
- ކުކުޅާއި ނައަމްސޫފި ފަދ،ަ ދިރޭތަކެތީގެ ކޮމާޝަލް ފާމްތައް
- ފަޅު ކޮނުމާއި ބަނދަރު ހެދުން (މީގެ ތެރޭގައި މިހާރު ހުރި ބަނދަރުތަކުގެ ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތުކުރުމެއް ނުހިމެނޭ)
- ނެރުތައް ކޮނުމާއި ކެނޑުން (މީގެ ތެރޭގައި މިހާރު ހުރި ނެރުތަ ކުގެ ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތުކުރުމެއް ނުހިމެނޭ)
- އޮއި ނުދެމޭ ފާލަން އެޅުމާއ،ި އެއްރަށް އަނެއް ރަށާ ގުޅައިލުމަށް އެޅޭ ފާލަންތަކާއި މަގުތަކާއި ބްރިޖު ފަދަ ތަންތަން ހެދުން
- ބިން ހިއްކުން
- ތޮށިލުމުގެ މަޝްރޫއުތައް
- ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަޝްރޫއުތައް
- މެޝިނަރީ ބޭނުންކޮށްގެން ވެލި ނެގުން
- އެއާޕޯޓް އެޅުމާއ،ި އެ ތަނުގެ ފުޓްޕްރިންޓަށް ބަދަލު އަންނަ ކޮންމެ ކަމެއް ކުރުން
- ހެލިޕޭޑު ހެދުން
- ކަނޑަށް ޖައްސާ ބޯޓުގެ ހަބް ހެދުން
- ތަކެތި އުފައްދާ ނުވަތަ ބަންދުކުރާ ކާރުހާނާ އެޅުން (އިނީޝަލް އިންވެސްޓްމަންޓް 15 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއުތައް)
- ކުނިއަންދާ މެޝިން (10 ޓަނު ނުވަތަ އެޔަށް ވުރެ ބޮޑު) ގާއިމުކުރުން
- ކުނިއަޅައިގެން ލޭންޑްފިލް ހެދުން
- ކުނި މެނޭޖުކުރުމުގެ ސަރަހައްދީ މަރުކަޒު ގާއިމުކުރުން
- މެޓީރިއަލް ރިކަވަރީ ފެސިލިޓީ ގާއިމުކުރުން .
- ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ގާއިމުކުރުން
- ބޯފެން ފޯރުވައިދޭ ނެޓްވޯކް ސިސްޓަމްތައް ގާއިމުކުރުން
- ނަރުދަމާގެ މަޝްރޫއުތައް
- މޫދަށް ހޮޅިއެޅުން
- 1 މެގަވޮޓަށްވުރެ ބޮޑެތި އިންޖީނުގެތައް އެޅުން ނުވަތަ 1 މެގަވޮޓަށް ވުރެ ބޮޑެތި އިންޖީނުގެއެއްގެ ފުޓް ޕްރިންޓަށް ބަދަލު އަންނަގޮތަށް ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުން
- ތެލާއި ގޭސް ބެހެއްޓުމާއި ގެންގުޅުމާއި ބިމުން ނުވަތަ ކަނޑުގެ އަޑިން ތެޔޮނެގުމާއ،ި ތެޔޮ ސާފުކުރުމާބެހޭ މަސައްކަތް ހިންގާ ތަންތަން ހެދުން
- 10 ޓަނަށް ވުރެ ބޮޑެތ،ި ފެން ނުވަތަ ގަނޑުފެން އުފައްދާ މެޝިން ބެހެއްޓުން (މީގައި މިހާރު ހިނގަމުންދާ ފެން އުފައްދާ ޕްލާންޓް ހައުސްއެއްގައި ފުޓްޕްރިންޓަށް ބަދަލު ނާންނަ ގޮތަށް އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅާ މެޝިން ބެހެއްޓުމެއް ނުހިމެނޭ)
- ހޮސްޕިޓާ ހެދުން (50 އެނދަށް ވުރެ ބޮޑު)
- ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުން
- ޓޫރިސްޓް ހޮޓާ ތަރައްގީކުރުން
އާއިޝަތު މާހާ
ތިމާވެށި
ތިމާވެށި
ތިމާވެށި
ތިމާވެށި