ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50،500 މުސްހަފް ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ އެއީ ފާއިތުވި އަހަރު ދެ ފަހަރެއްގެ މަތިން ހަދިޔާކުރި 50،500 މުސްހަފް ކަމަށެވެ.
ސައުދީން ހަދިޔާކުރި ހަތިމްތައް ފޯރުކޮށްދިނީ ރާއްޖޭގައި އަލަށް ހުޅުވި 14 މިސްކިތަކަށެވެ. އެ މިސްކިތްތަކުގެ ހިތުދަސްކުރާ ކުލާސްތަކަށާއި އިސްލާމީ މަރުކަޒު ތަކަށެވެ.
މުސްހަފް ދިން މިސްކިތްތައް:
- ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މަސްޖިދު ޝަހީދު އުމަރު އަހުމަދު
- ޅ. ކުރެންދޫ، މަސްޖިދުއް ސިއްދީގް
- ނ. މަނަދޫ، މަސްޖިދުއްތައުބާ
- ސ. މަރަދޫ، މ މަސްޖިދު ރައްޔާން
- ށ. ފޯކައިދޫ، މަސްޖިދުލް ނޫރު
- ޅ. އޮޅުވެލިފުށި، މަސްޖިދުލް އިހްލާސް
- ލ. ގަން، ތުނޑީ ބަނދަރު މިސްކިތް
- ހއ. އިހަވަންދޫ، މަސްޖިދު ޒުވައިދާ އަހުމަދު
- ހުޅުމާލެ ފޭސް 2، މަސްޖިދު އީމާން
- އދ. އޮމަދޫ، މަސްޖިދުލް ރަހްމާ
- ނ. ކުޑަފަރި، މަސްޖިދު މުޙައްމަދު ގާސިމް
- ނ. ކެނދިކުޅުދޫ، މަސްޖިިދު ޝަމީމާ އަބްދުﷲ
- ލ. ގަން، މަސްޖިދުލް ސަލާމް
- މާލެ ސިޓީ، މަސްޖިދު ޔޫސުފުލް ބަރުބަރީ
ސައުދީން މުސްހަފް ހަދިޔާކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަން ހާމަވަގެންދާ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ފާތިމަތު ލިއުޝާ
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކިތަންމެ ގިނަ މުޞްޙަފްތަކެއް ހަދިޔާކޮށްފަ ކިތަންމެ ގިނަ މިސްކިތެއް އަޅައިދިނަސް ތިޔައީ އިސްލާމީ ވެރިކަމެއް ކުރާ ޤައުމެއް ކަމަކަށް ޤަބޫލެއް ނުކުރަން
ތުއްތުބެ - 3 މަސް ކުރިން