ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ވަނީ އެކަމުގެ އުސޫލު މި މަހުގެ ހަތަރު ވަނަ ދުވަހު ގެޒެޓުކޮށްފައެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި "ގޯތި-ގެދޮރު" ޕްރޮގްރާމުގެ އިއުލާނުގައި އެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާފައިވާ އިރު، ފޯމު ހުށަހެޅޭނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓްރީން ބުނީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ކަމަށެވެ.
މި ސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއެވެ.
މި ސްކީމަށް އެދި ފޯމު ހުށައެޅެނީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.
އަލީ ޔާމިން
ރަސްމާލެ
ރަސްމާލެ