ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރެވޭ ހާލަތްތަކެއް ކަނޑައަޅަން ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.
ގާނޫނުގެ 65 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ، މި މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ވަކި ބާވަތެއްގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކަށް ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެގޮތަށް ކޯޓާ ފީ ދެއްކުން އިސްތިސްނާ ދެވޭ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށް، ރާއްޖޭގެ އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން.
- އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހިކުރުން.
- އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން.
- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކުރުމަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު