ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ލ. ގަން، ތުނޑި، މާފަތް މަގާއި އިޖުތިމާއީ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިރޭ 9:39 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.
މިރޭ ހިނގި އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ އިރު، މިމަހުގެ އެއްވަނަ ދުވަހު ވެސް ގަމުގައި އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. ގަން، ތުނޑި، ލިންކް ރޯޑުން ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި ވެސް ދެ މީހަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް