މިމަހުގެ 23 އިން އޭޕްރީލް ތިނަކަށް މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވަމުންދާ ޒުވާން ގައުމީ ޓީމުން، ތަމްރީނު ކޭމްޕަކަށް ސިންގަޕޫރަށް ފުރައިފިއެވެ.
ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދާ ޒުވާން ޓީމުން ސިންގަޕޫރަށް ފުރީ މިއަދުއެވެ. ސިންގަޕޫރަށް ޓީމަށް ދިޔައީ އެގައުމުގެ އެފްއޭގެ އެހީތެރިކަމާއެކު ރާވާފައިވާ ކޭމްޕަށެވެ. އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެދުމުގެ މަތިންނެވެ.
ކޭމްޕުގައި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖޭން ދެ މެޗު ކުޅޭނެއެވެ.
ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މިފަހަރު ޒުވާން ޓީމު އެކުލަވާލުމަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭއެމްއިން ބޭއްވި ޑައިމަންޑް ޖޫބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕަށް ބަލާފައިވެއެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް