މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި އިންޑިއާއިން އިންގްލެންޑް ބަލިކޮށްފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕް ބާއްވަމުން ދަނީ އިންޑިއާގެ އިތުރުން ސްރީ ލަންކާގައެވެ. ސެމީ ފައިނަލް ދެމެޗާއި ފައިނަލް މެޗުވެސް އިންޑިއާގައި ކުޅެން ނިންމާފައިވާ އިރު، ރޭ މުމްބާއީގެ ވަންހެދޭ ސްޓޭޑިއަމްގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ އެންމެ ހަތް ލަނޑުންނެވެ.
އިންޑިއާއިން ފައިނަލްގެ ފުރުސަތު ހޯދާފައިވާ އިރު، އަންނަ އާދީއްތަ ދުވަހުގެ ރޭ އޮންނަ ފައިނަލް މެޗުގައި ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ.
ރޭ ކުޅުނު ސެމީ މެޗުގައި ޓޮސް ދިމާވީ އިންގްލެންޑަށެވެ. އެޓީމުން ނިންމީ ހޮވާށެވެ. އިންޑިއާއިން ކުޅެން އަރައި، ރެކޯޑު 254 ލަނޑު ހެދިއެވެ. ރަނގަޅު ފޯމެއްގައި މުބާރާތް ކުޅެމުންދާ ސަންޖޫ ސެމްސަން ވަނީ 42 ބޯޅައިން 89 ލަނޑު ހަދައިފައެވެ.
އުންމީދާއެކު، ސަޕޯޓަރުންގެ ފޯރިއާއެކު އިންޑިއާއިން އިނިންގްސް ނިންމާލީ 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވި އިރު، 253 ލަނޑު ހަދައިގެންނެވެ.
އިންގްލެންޑުން ކުޅެން އަރައި ދުލެއް ނުދިނެވެ. ހާއްސަކޮށް އުމުރުން 22 އަހަރުގެ ތަރި، ޖެކޮބް ބެތެލް ތަފާތު ދެއްކިއެވެ. 48 ބޯޅައިން 105 ހަމަކޮށް، ސެންޗަރީވެސް ހަދާފައިވާ އިރު، އިންގްލެންޑަށް މައްސަލަ ދީމާވީ އެންމެ ފަހު ދެތިން އޯވަރުގައެވެ.
ހާއްސަކޮށް އިންގްލެންޑް ރަނގަޅު ރަން ރޭޓެއްގައި ކުޅެމުން ދަނިކޮށް، އެންމެ މުހިއްމު ދަނޑިވަޅުގައި ޖަސްޕްރީޓް ބުމްރާ ރަނގަޅު އޯވަރެއް އުކައި، އިންޑިއާއަށް ޔަގީންކަން ހޯދައިދިނެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް