ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާ ދެ މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުންނަކީ ކަތިރިވިލް މަނިމަރަން، (21އ) އާއި ދަނޫޝްކާންދަން ގޯޕާލް، (19އ) އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަ ދުވަސް ވަނީ ޖަހައިފައެވެ.
އެ މީހުން ވަނީ ގާނޫނީ ވަކީލެއް ހޯދަން ބޭނުންވާ ކަމަށް ކޯޓުގައި ބުނެފައެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި މި ދެ މީހުން ރާއްޖެ އައި އިރު ޝައްކު އުފެދިގެން ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރެއިން ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނުނެވެ. އެ ފުޅިތަކުގައި ހުރި އެއްޗެހި ތަހުލީލު ކުރި އިރު ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 6.7 ކިލޯ ހުރި ކަމަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް