ސްކޭމްގެ 14 މައްސަލައެއްގައި ތުހުމަތު ކުރެވޭ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ، ތ. ހިރިލަންދޫ ނާގަލި (41އ) ގެ އާއިޝަތު ނާޒިރާއެވެ.
އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ، ނާޒިރާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ 14 މައްސަލައެއް އޭނާގެ މައްޗަށް ފުލުހުން ހުށަހަޅާފައިވާ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު