މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖަލަށް 400 ގައިދީންގެ ޖާގަ އިރުކޮށް، ކުރީ ސަރުކާރުގައި މާލެ ޖަލު އުވާލި މައްސަލައިގައި ދޫވި މީހުން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އިހްސާން ވިދާޅުވީ ކުރީ ސަރުކާރުން މާލޭ ޖަލު ސްކޫލަކާ އިންވެގެން ހުންނާތީ އުވާލާފައިވާ ކަމަށެވެ. ކަސްޓޯޑިއަލް ފެސިލިޓީވެސް ތަޅާލައި 450 މީހުންގެ ޖާގަ މުޅިން ގެއްލުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 350 މީހުންގެ ޖާގައިގެ މާލޭ ޖަލު ބަންދުކުރުމުން އެ ތަނުގައި ތިބި ގިނަ އަދަދެއްގެ ގައިދީން އިންތިހާބުތަކާ ގުޅިގެން ދޫކޮށްލާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދޫވި ގައިދީން އަނބުރާ ޖަލަށް ގެނައުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި ނަމަވެސް އެކަމަށްވެސް ހައްލެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި މުޅިން އަލަށް ޖަލަށް 400 ޖާގަ އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭރު 100 މީހުންގެ ގޮޅިއެއް ހެދުމަށް 39 މިލިޔަން ރުފިޔާ ހޭދަ ކުރި. އެތައް ދުވަހެއްވީއިރު ހިދުމަތަކަށް ނާދޭ. މިދިޔަ އަހަރު އަޅުގަނޑުމެންވާނެ 100 މީހުންގެ ޖާގަ ހުޅުމާލޭގައި ހަދާފަ. ކަރެކްޝަން މުވައްޒަފުންނާއި ގައިދީންނާއެކު ކުރެވުނު މަސައްކަތުން ފަސް މިލިޔަންގެ ބަޖެޓަކުން އެކަން ކުރެވިއްޖެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކަރެކްޝަންސްގެ އިދާރީ ހިދުމަަތްތައް ޑިޖިޓަލައިޒްކޮށް، މާފުށީ ޖަލުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް، އެތަނުގައި ބޮޑީ ސްކޭނަރުވެސް މުޅިން އަލަށް ބަހައްޓާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޖަލަށް މަނާތަކެތި ވައްދާ ނަމަ އެނގޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހާއްސަ ގޮތެއްގައި ޖަލުން ކުރާ ސްކޭމް ކޯލްތައް އެކަމުގެ ސަބަބުން މަދުވާނެ ކަމަށެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން