ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފައްޔާޒުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 28.50 މިލިޔަން ރުފިޔާއަށެވެ. މަސައްކަތް ނިންމަންދީފައިވަނީ 360 ދުވަހެެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • ދިއްދޫ ފުޓްބޯޅަދަނޑު ސަބްބޭސް ތައްޔާރުކުރުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ޕިޗު ހެދުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ބައުންޑަރީ ފާރު ރޭނުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ފެންސް ޖެހުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ހަރުކުރުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ހަރުކުރުން.
  • ދިއްދޫ ފުޓްބޯޅަދަނޑުގެ ރޮސްޓްރަމް ހެދުމުގެ މަސައްކަތް.