ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުލްﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުއެވެ.

2 މާޗް 2026: ފަރެސްމާތޮޑާގެ ތަރައްގީގެ 2 މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 465،726 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުން.
  • 300 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
  • 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުން.
  • 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
  • 1،462 މީޓަރުގެ ސަރަހައްދެއްގައު ބޭރުތޮށި ލުން.
  • 9،206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން.
  • 6 މީޓަރުގެ ދިގު 36 މީޓަރުގެ ފުޅާ ކްންކްރީޓް ބްރިޖެއް ހެދުން.

މި މަޝްރޫއުގެ މަސައްކަތަކީ 209.43 މިލިއަން ރުފިޔާ އަށް 780 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.