ގދ. ފަރެސްމާތޮޑާގައި ވަރަށް ނިކަމެތި ހާލުގައި އެކަނިމާއެކަނި ދިރިއުޅެމުން އައި އުމުރުން ދުވަސްވީ ފިރިހެނަކު ބެލެހެއްޓުމާ ދައުލަތުން ހަވާލުވެއްޖެއެވެ.

ހަތްދިހަ އަހަރުން މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ އެ މީހާ އަކީ އަމިއްލަ ގެދޮރެއް ނެތި، މީހެއްގެ ގޭގައި އެކަނި ދިރިއުޅެމުން އައި މީހެކެވެ.

އޭނާ އެގޭގައި އުޅެން ފެށިއިރު ކަރަންޓާއި ފަންކާ ފަދަ އަސާސީ ވަސީލަތްތައްވެސް ނެތް ކަމަށާއި، ފަހުން ރަށުގެ ވެރިންގެ އެހީތެރިކަމާއެކު އެ ކަންކަން ހަމަޖައްސައިދީފައިވާކަމަށް އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ކިޔައިދީފައިވެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފެމިލީ މިނިސްޓްރީގެ އޮޮފިޝަލަކު މިއަދު ވިދާޅުވީ، އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ މީހާގެ ބަލިހާލަތު ހުރިގޮތުން މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށިގެން އަމިއްލައަށް ނޫޅެވޭ ވަރަށް ހާލު ވަނީ ދެރަވެފައި ކަމަށެވެ. އެގޮތުން، ލޮލަށް ޖެހުނު ބައްޔެއްގެ ސަބަބުން އެއް ލޮލުގެ ފެނުން ގެއްލިފައިވާއިރު، އަނެއް ލޮލަށްވެސް ފެންނަނީ ވަރަށް ކުޑަކޮށެވެ.

އޭނާގެ އާއިލާގެ މެންބަރުންނާއި ދަރިން ތބުނެ ނަމަވެސް، އެ ކުދިން ދިރިއުޅެނީ އެ ރަށުގައި ނޫން ކަމަށާއި، އޭނާއަށް އެކަށީގެންވާ އަޅައިލުމެއް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.