އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ، އިރާނަށް ހަމަލާދީ މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އެކަން ހާމަކޮށް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ނުފުރި ރާއްޖޭގައި މިވަގުތު ތިބި ބައެއް ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން، ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރު އޮންނަނީ ޓޫރިސްޓުންނަށް އޮންއެރައިވަލް ވިސާ 30 ދުވަހުގެ މުއްދަތަށް ދޭ ގޮތަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވާ ޓޫރިސްޓުންނަށް އިމިގްރޭޝަން ވެބްސައިޓް މެދުވެރިކޮށް ވިސާ އިތުރުކުރަން ހުށަހެޅޭނެ އެވެ.
ހަނގުރާމައިގެ ސަބަބުން، ގަލްފް ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް މިއަދު އޮޕަރޭޓުކުރަން އޮތް 17 ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ. އިއްޔެ ވެސް 19 ފްލައިޓެއް ކެންސަލްވި އެވެ. ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭން ފުރަންތިބި 4،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ވަނީ އެކަމުގެ އަސަރުކޮށްފަ އެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން