އިރާނުގެ އާ ލީޑާޝިޕާއި މަޝްވަރާކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އިރާނުގެ އާ ލީޑާޝިޕުން ޓްރަމްޕާ ވާހަކަ ދައްކައި މަޝްވަރާކުރަން ބޭނުން ވާކަމަށާއި އެކަމުގައި މަޝްވަރާއަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މަޝްވަރާ ކުރާނީ ކޮންއިރަކުތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ އެ މައުލޫމާތު އަދި ހިއްސާކުރެވެން ނެތް ކަމަށާއި އަވަސް މުސްތަގުބަލެއްގައި މަޝްވަރާ ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާގައި އެ ގައުމުގެ ސަރުކާރުގެ އިސް 48 ލީޑަރުން މަރާލެވިފައިވާކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ހޮނިހިރު ދުވަހު ދިން ހަމަލާއާއ އެކު މެދުއިރުމަތި ބޮޑު ހަނގުރާމައަކަށް ވަނީ ގޮސްފައެވެ. އެގޮތުން އިރާނުން މީގެ ކުރިން އިންޒާރު ދީފައިވާ ގޮތަށް އިޒްރޭލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާގެ ބަދަލުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށްދަނީ ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ.
އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ކުއްލި ހަމަލާގައި އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަކޮށްލާފައިވާއިރު އެކަމުގެ ސަބަބުން އިރާނުން ވަނީ މުސްތަގުބަލުގައި ދެމުން އަންނަ ހަމަލާތައް ވަރުގަދަ ވެފައި ނުރައްކާ ވާނެ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް