ދާދިފަހުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން)، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
މޯހަން ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެފައި ވަނީ އެ ކްލަބުގެ ކޯޗުކަމުގައި ހުރި ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ މަގާމު ދޫކޮށްލުމުންނެވެ. ޖޯޖްލީގެ ކޯޗުކަމުގައި ވިކްޓްރީ ނިންމާލީ ލީގުގެ ހަވަނައިގައެވެ. ކޮލިފިކޭޝަންގައި ޓީސީ ސްޕޯޓްސް ކްލަބު ކަޓުވާލައި، ވިކްޓްރީން ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވި ނަމަވެސް، އެ މުބާރާތުން ކެޓީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވެގެންނެވެ.
ސާފް ޗެމްޕިއަންޝިޕް، 2008 ވަަނަ އަހަރު ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގައި ހުރި މޯހަންއަކީ މީގެ ކުރިން ކްލަބު ފުޓުބޯޅައިގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗެކެވެ. މޯހަން ވަނީ ކްލަބު އީގަލްސްގެ އިތުރުން މާޒިޔާއާއި ނިއު ރޭޑިއަންޓް އަދި ސުޕަ ޔުނައިޓެޑް (ސަސް)އަށްވެސް ކޯޗުކަން ކޮށްދީފައެވެ.
އެއާއެކު ދާދިފަހުން މޯހަން ވަނީ ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކޯޗުކަން ކޮށްދީފދައެވެ. އެގޮތުން މިދިޔަ އަހަރު ގައުމީ ޓީމުގެ ކޯޗުކަމުގައި މޯހަން ވަނީ ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕުވެސް ކާމިޔާބު ކޮށްފައެވެ. މޯހަން ގައުމީ ޓީމުގައި ހުރީ މަދު ދުވަސްކޮޅެއްގައެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ނިއުރޭޑިއަންޓްގެ “މޯހަން” ވިކްޓަރީއާއި ހަވާލުވެ ވިކްޓަރީގެ “ސުޒޭން” ނިއުރޭޑިއަންޓާއި ހަވާލުވީމާ ރާއްޖޭގެ ފުޓްބޯޅައިން ދުނިޔޭގެ ދެކޮޅު ފެނުނީއެވެ.
ހުސޭނުބެ - 4 މަސް ކުރިން