އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިރާނުން ދޮގުކޮށްފިއެވެ.

އިޒްރޭލު އޮފިޝަލުންނާ ހަވާލާދީ އަލްގުދުސް އާއި ޓައިމްސް އޮފް އިސްރާއީލުން ބުނީ ހަމަލާގައި ހާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ. ހާމަނާއީ އަވަރާހަވީ އިޒްރޭލުން އިއްޔެ ހާމަނާއީ ދިރިއުޅުއްވާ ގަނޑުވަރަށް ދިން ވަރުގަދަ ހަމަލާގައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އިޒްރޭލުގެ އިސް އޮފިޝަލަކާ ހަވާލުދީ ރޮއިޓާސް އިން ބުނިގޮތުގައި ހާމަނާއީ އަވަހާރަވެފައިވާ އިރު، އޭނާގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން އިރާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާމަނާއީ ހުންނެވީ ގައުމުގެ ކަންކަން ބެލެހެއްޓެވުމުގައި ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ހާމަނާއީ އަވަހާރަވެފައިވާ ކަމުގެ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރުތު ސޯޝަލް" ގައި ވެސް ވިދާޅުވެފައިވާ ގޮތުގައި ހާމަނާއީ ވަނީ އަވަހަރާވެފައެވެ. އެއީ އިރާނުގެ ރައްޔިތުން އަމިއްލަ ގައުމު ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރެއްވިއެވެެ.