އިރާނަށް ހަމަލާދިނީ އެމެރިކާ ރައްޔިތުން ރައްކާތެރިކުރުމަށް ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިސްރާއީލުން އިރާނަށް ދިން ކުއްލި ހަމަލާއަށްފަހު އެެމެރިކާގެ ރައީސް ދެއްވި ބަޔާނެއްގައި ވާގޮތުން އެހަމަލާ އަކީ އެމެރިކާ ރައްޔިތުންގެ ރައްކާތެރި ކަމަށް ދިން ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން އެހަމަލާ އަކީ އިރާނުގެ ސަރުކާރު ވައްޓާލައި ނުރައްކަލުން އެގައުމު ސަލާމަތް ކުރުމަށް ދިން ހަމަލާއެއް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ އިރާނުގެ މިސައިލުތަކާއި މިސައިލު އުފައްދާ ފެކްޓްރީ ތަކުގެ އިތުރުން އިރާނުގެ ނޭވީ ވެސް ނައްތާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށާއި އެމަސައްކަތް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ފަހަގަކުރައްވާފައެވެ.
މުހައްމަދު އައުޒަމް
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު