މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި އެވެ.

އެ މެޝިން އިފްތިތާހުކޮށްދީފައިވަނީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް، އަދި މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން" ކަމަށެވެ.

މިއީ ސަރުކާރުން ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ޖަލަށް ފޯރުކޮށްދިން މެޝިނެއް ކަމަށެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާ ތަކެތި ވައްދައި، ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު މާފުށީ ޖަލަށް ގެނެސްފައިވާކަން ހާމަކުރައްވައިފައެވެ.