އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފަށައިފިއެވެ.

އިޒްރޭލުގެ ޑިފެންސުން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިރާނަށް ހަމަލާދޭން ފަށާފައިވާ ކަމަށާއި މުޅި އިސްރާއީލު ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ.

އިޒްރޭލު ސަރުކާރުން އެގައުމުގައި ކުއްލިި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ އިރާނުން ރައްދުގައި ހަމަލާއެއް ދީފާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ވެރިރަށް ތެހެރާންގެ މެދުތެރޭ ސަރަހައްދުން ބާރު އަޑުފައްގަނޑެއް އިވިފައިވާ ކަމަށާއި ކަޅު ދުން އަރަމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އެއްޗެއް ގޮވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.