ބ. ދަރަވަންދޫގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ދަރަވަންދޫގެ ބިން ހިއްކަން ފަށައިފި ނަމަ، އެކަމުގެ ސަބަބުން އެ އަތޮޅުގެ މަޝްހޫރު ހަނިފަރަށް ގެއްލުންވާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫގެ ބިން ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ ފަތުރަަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ ޕްލޭނެއްގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރި ކަމަށެވެ. ނަމަވެސް އެ ރަށު ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިނުވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ދަނީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ނަމަވެސް އެ މަސައްކަތުގެ ތެރޭގައި ހިމެނެނީ އެއާޕޯޓުގެ ވަސީލަތްތައް ރަނގަޅު ކުރުމާއި، ހިދުމަތް ރަނގަޅު ކުރުމުގެ އިތުރުން އެއާޕޯޓް ޒަމާނީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ