އިރާނާއި އެމެރިކާއާ ދެމެދު މަޝްވަރާ ކުރިޔަށްދާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްްޕް ވިދާޅުވެއްޖެއެވެ.

އިރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މައްސަލައިގައި ތިން ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު އަންނަ ހަފުތާއަށް އަނެއްކާވެސް ވަނީ އިތުރު ދުވަހެއް މަޝްވަރާއަށް އިތުރުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އެގައުމުގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޝްވަރާ ކުރިޔަށް ދާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށާ އިރާނުގައި ނިއުކްލިއާ ހަތިޔާރު ހުރުމަށް އެމެރިކާއިން ބޭނުން ނުވާ ކަމަށެވެ.

ޓްރަމްޕް ވަނީ އިރާނުން މަޝްވަރާގައި އެމައްސަލައިގައި ސާފުކޮށް އެއްބަސް ނުވާކަމަށް ފާހަގަކުރައްވައިފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ ބައެއްފަހަރު މިލިޓަރީ ފޯސްވެސް ބޭނުންކުރަން ޖެހޭނެކަމަށް ވިދާޅުވެ އިރާނަށް އިންޒާރުގެ ބަސް އިއްވައިފައެވެ.

އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާއިން އިރާނާ ދެކޮޅަށް ތެދުވެ މެދުއިރުމަތި ހަނގުރާމައަކަށް ތައްޔާރުކޮށްފައިވާއިރު އެމެރިކާގެ ޑިމާންޑުތަކަށް އިރާނުން އެއްބަސް ނުވެއްޖެ ނަމަ ހަމަލާދޭން ފަށާނެ ކަމަށް ރައީސް ޓަރްމްޕް ވަނީ ވިދާޅުވެ އިރާނަށް އިންޒާރު ދެއްވައިފައެވެ.