ހާލަތު ބަދަލުކުރުމަށް، ވެރިކަމުގައި ތިބޭ ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެއެވެ.
ތިނަދޫ ސިޓީގައި މިރޭ ބޭއްވި "އާބާދީ 60" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ހާލަތު ވަަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަހުވެސް މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ނުކުންނާނެ ކަމަށާއި އެކަން ކުރެވޭނީ ހާލަތު ބަދަލުކުރަން މަސައްކަތްކޮށްގެން ކަމަށެވެ.
"ވެރިކަމުގައި ތިބޭ ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް. އެހެންވީމާ ތިނަދޫގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ތާރީހުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ގައުމީ ޖިހާދެއް" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ޖިހާދަކީ އެއްވެސް ގޮތަކަށް އަންނަ އުދުވާނަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ދަތިކަމަކުން އަރައިގަތުމަށް ހިތްވަރާއެކު ނުކުމެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަން ކުރާ ކޮންމެ ކަމަކީ ޖިހާދެއް ކަމަށެވެ.
"މިތާނގައި ޖިހާދު އަޅުގަނޑު މި މާނަކުރީ އެއްވެސް ގޮތަކަށް އިސްލާމީ ކޮންޓެކްޝަނަކު ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ތިނަދޫން ދައްކުވައިދިނީ ތަރައްގީގެ މިސާލެއް ކަމަށާއި ތިނަދޫއަކީ ހުވަދޫގެ ނާރެސް ކަމަށެވެ.
އަލީ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް