ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އަންނަ މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް އެ ކުންފުނީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

"ހުޅުމާލެއަކީ އަޅުގަނޑުމެންގެ އިންގިލާބީ ތަރިކަތަކުގެ ތާޖުގެ ގޮތުގައި ވިދަމުން އަންނަ ތަނެއް. ފައުންޑަރުންނަށް އިންޓިމޭޓް، ޑިޖިޓަލް އޮނާސް އިން ފެށިގެން ގްރޭންޑް ގާލާތަކާއި ފެސްޓިވަލް ކާނިވަލްތަކާ ހަމައަށް ކޮންމެ އިވެންޓަކީ ވެސް އެޗްޑީސީގެ ދަތުރު ދައްކުވައިދޭ އިވެންޓުތައް. ޓްރިބިއުޓް، ސެލެބްރޭޝަން، އަދި ކޮމިއުނިޓީ ސްޕިރިޓްގެ ވާހަކަ." އެޗްޑީސީން ބުންޏެވެ.

އިވެންޓްސް ފައުންޑޭޝަނަލް ލެގަސީ:

"ފައުންޑާސް ޓްރިބިއުޓް" އަދި "ސިލްވާ ވޯކް ވިތު ޓީމް އެޗްޑީސީ" ސީރީޒްގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ ފައުންޑަރުންނާއި ދިގު މުއްދަތުގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްޑީސީގެ ޑިޖިޓަލް ކެމްޕެއިން ފަށަނީ މާޗްގައެވެ.

އެނިވާސަރީ ގާލާ:

އެޗްޑީސީއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް އިންޑަސްޓްރީގެ އިސްވެރިންނާއި، ޕާޓްނަރުން އަދި އިއްޒަތްތެރިން އެއްތަނަކަށް އެއްތަނަކަށް ޖަމާވެގެންދާނެއެވެ. މި ގާލާގައި ރާއްޖޭގެ ދަތުރު ބައްޓަން ކުރި ފަރާތްތަކަށް ދޭ އެވޯޑާއި "އަހަރެންގެ ހުޅުމާލެ" ފޮތް ނެރުން އޮންނާނެ ކަމަށް އެެ ކޯޕަރޭޝަނުން ބުންޏެވެ.

މައިހުޅުމާލެ ފެސްޓިވަލް:

އަންނަ މެއި މަހުގައި ކުރިއަށްގެންދާ ހަރަކާތަކީ ރާއްޖޭގެ ހުނަރާއި ސަގާފަތާއި ކުދި ވިޔަފާރިވެރިން ބައިވެރިވާ ކުލަގަދަ ފެސްޓިވަލަކާއެކު ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ތަޖުރިބާކޮށްލުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ސިލްވާ ވޮއިސް:

މި އިވެންޓް ކުރިއަށްގެންދަނީ އަންނަ މެއި މަހުން ފެށިގެންނެވެ. އޭގައި ގެނެސްދެނީ އެޗްޑީސީގެ ކޮމިއުނިޓީގައި އުޅޭ އިސްރަށްވެހިންގެ ވާހަކަތަކެވެ. އޭގެ އިތުރުން ޒުވާން ހުވަފެންތަކާއި އެ ކުންފުނީގެ ޕީޑަބްލިއުޑީ ކޮމިއުނިޓީގެ މެމްބަރުންނާ ހަމައަށް، 25 އަހަރުގެ ހިދުމަތުގެ ތެރެއިން އެޗްޑީސީގެ ސަބަބުން ދިރިއުޅުމަށް އަލިމަގު ގެނެސްދިން ވާހަކަތެކެވެ.

އެޗްޑީސީގެ އަހަރީ އިވެންޓް:

އެޗްޑީސީގެ އަހަރީ ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ. އެއީ ފެށުނީއްސުރެ އެޗްޑީސީއަށް ކުރި މަސައްކަތާއި ހުނަރާއި ޓީމް ވޯކްގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ.

އެޗްޑީސީގެ ފުޅަނދުބުރު:

ފުޅަނދުބުރު ކުރިއަށްގެންދަނީ އަންނަ ޖުލައިގައި މިނިވަން ދުވަހުގެ ޕެރޭޑްގައެވެ. މިއީ ގައުމު ބިނާ ކުރުމާއި އާބަން ޑިވެލޮޕްމަންޓަށް ރާއްޖެއިން ކުރާ ދައުރު ދައްކުވައިދޭ ތީމް ފުޅަނދެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އާޓް ފެސްޓިވަލް:

މި ފެސްޓިވަލް ކުރިއަށްގެންދަނީ އަންނަ އޯގަސްޓް މަހުގައެވެ. އެއީ ކްރިއޭޓްކޮށް، ގުޅުވާލައި، ސެލެބްރޭޓް ކުރާށެވެ. އަދި ކާނިވަލް ބާއްވަނީ އަންނަ އޮކްޓޫބަރު ގައެވެ. އެ ކާނިވަލުގައި މުނިފޫހިފިލުވުމާއި، ގޭމްތަކާއި، ކެއުން އަދި މުޖުތަމައަށް އިންޓަރެކްޓިވް އެކްސްޕީރިއަންސް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެނިވާސަރީ ސްޓާފް ރިޓްރީޓް:

އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމާފައިވާ އެނިވާސަރީ ސްޓާފް ރިޓްރީޓް ކުރިއަށްގެންދަނީ ކުޑަގިރީގައެވެ. އެ ދުވަހު އެކުވެރިންނާ އަލުން ގުޅުވައި، ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި އެޗްޑީސީގެ 2026 ރިވައިންޑް ޑިސެންބަރުގައި ވިޝުއަލް ކެންޕެއިންއެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.