ނޭޕާލްގައި ބަހެއް ކޯރަކަށް ވެއްޓި 19 މީހަކު މަރުވެއްޖެއެވެ.
ނޭޕާލުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕަކޯރާ ސިޓީން ވެރިރަށް ކަތަމަންޑޫ އަށް ދަތުރުކުރި އެބަސް ވެއްޓިފައިވަނީ ފަރުބަދަމަތީ މަގަކުން ދަތުރުކުރަނިކޮށް މަގުން ކައްސާލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނ ގި އެހާދިސާގައި ބަހުން ދަތުރުކުރި 44 މީހުންގެ ތެރެއިން 19 މީހަކު މަރުވެފައިވާ އިރު 25 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަނިޔާވި މީހުންގެ ތެރޭގައި ޗައިނާއަށް ނިސްބަތްވާ މީހުންނާއި ނިއުޒިލެންޑަށް ނިސްބަތްވާ މީހުން އަދި އިނގެރޭސި ވިލާތަށް ނިސްބަތްވާ މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް