ސައުދީ އަރަބިއްޔާއިން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ ސަރުކާރުގެ ފަރާތުން، ރާއްޖެއަށް އެ ކަދުރު ހަދިޔާކުރެއްވީ، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން، ކަދުރުތަކާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވަނީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އަދި ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާމެދު ބަހައްޓަވަމުންގެންދަވާ ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި ސައުދީގެ އެމްބަސީގެ ފަރާތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ