ކ. މާފުއްޓާއި އެ ރަށުން ހިއްކި ސަރަހައްދު (މަންތާފުށި) އާ ގުޅުވާލަދޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ މާފުއްޓާއި އެ ރަށުން ހިއްކި ސަރަހައްދު ގުޅާލުމަށް 138 މީޓަރުގެ ބުރިޖެއް އަޅާނެ ކަމަށެެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މަސައްކަތް ކުރާ ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ގެސްޓުހައުސް ވިޔަފާރި ކުރިއެރުމުގެ ސަބަބުން މިހާރު ފުރިފައިވާ މާފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކީ 2021 ވަނަ އަހަރުގެ ތެރޭގައެވެ
މާފުށީ ކައުންސިލުން ބުނެފައިވާ ގޮތުގައި ހިއްކި ސަރަހައްދުން 308 ގޯއްޗާއި ސިނާއީ ބޭނުންތަކަށާއި ވިޔަފާރިއަށްވެސް ބިން ދޫކުރާނެ ކަމަށެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ތިތަނުން ހިލޭ ގޯތި ދޫކުރޭތަ! މާލެ ސަރަހައްދު ( ހުޅުމާލެ ) އިން ހިލޭ ގޯތި ދޫނުކުރެވޭނެ ކަމަށް ބުނެ ބަޔަކު ވަކާލާތު ކުރާތީވެ ހަމަ އަހާލީ.
ގަރުދިޔާރިފު - 4 މަސް ކުރިން