ތިން އުމްރާ ދަތުރާއެކު ހުކުރު ހުތުބާ ކުއިޒް މުބާރާތަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ކުރިޔަށްގެންދާ ހުކުރު ހުތުބާ ކުއިޒް މުބާރާތަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ޑިޖިޓަލް ކުއިޒް މުބާރާތެއް ކަމަށެވެ.
މި މުބާރާތް ކުރިޔަށްގެންދަން ނިންމާފައި ވަނީ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ ދިވެހި ކުދިންނަށް ކަމަށާއި މުބާރާތް ކުރިއަށް ގެންދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. މި މުބާރާތް ކުރިޔަށްގެންދާނީ ކޮންމެ ބުދަ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއީ އޯޕަން ބުކް ކުއިޒެއް ކަމަށާއި މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ 90 ޕަސެންޓަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިން ކަމަށެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި މެދުގައި ގުރުއަތު ނެގޭނެ ކަމަށް ވެސް ބުންޏެވެ.
މުބާރާތުގެ މައިގަނޑު މަގުސަދުތައް:
- ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުން.
- ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތައް ކުދިންނަށް ދަސްކޮށްދިނުން.
- އާއިލާތަކުގެ މެދުގައި ހުކުރު ހުތުބާގެ މައުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫހު އާލާކުރުން.
މުބާރާތް ކުރިއަށް ގެންދާނެ ގޮތް:
- ޕްލެޓްފޯމް: މައިކްރޮސޮފްޓް ފޯމްސް (ފޯނުން ނުވަތަ ކޮމްޕިއުޓަރުން ބައިވެރިވެވޭނެ).
- ފޯމެޓް: "އޯޕަން ބުކް" ކުއިޒް (ޖަވާބު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުން ޚުތުބާ ކިޔުމާއި ބެލެނިވެރިންގެ އެހީތެރިކަން ހޯދޭނެ).
ކުއިޒްގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތް:
- ހުކުރު ހުތުބާ ކުއިޒްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އެކަމަށް ހައްސަކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ޖޮއިން ކުރަން.
- ވައިބާ ކޮމިއުނިޓީ ގްރޫޕުގެ ލިންކް: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B
ވައިބާ ގްރޫޕަށް ކޮންމެ ހުކުރު ހުތުބާއެއް ލާނެ ކަމަށާއި އަދި ކުއިޒާބެހޭ އިތުރު މައުލޫމާތު ވެސް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މުބާރާތުގައި ބައިވެރިވެރިވެވޭނެ އުމުރުފުރާ އަދި ގްރޫޕް:
- ގްރޫޕް އޭ: ހަތް އަހަރާއި ނުވަ އަހަރާ ދެމެދު.
- ގްރޫޕް ބީ: ދިހަ އަހަރާއި ބާރަ އަހަރާ ދެމެދު.
- ގްރޫޕް ސީ: ތޭރަ އަހަރާއި ފަނަރަ އަހަރާ ދެމެދު.
ގްރޫޕް އޭ (7-9 އަހަރު):
1 ވަނަ: އުމްރާ ދަތުރެއް
2 ވަނަ: -/1000 ރުފިޔާގެ ފައިސާގެ އިނާމު
3 ވަނަ: -/500 ރުފިޔާގެ ފައިސާގެ އިނާމު
ގްރޫޕް ބީ (10-12 އަހަރު):
1 ވަނަ: އުމްރާ ދަތުރެއް
2 ވަނަ: -/1000 ރުފިޔާގެ ފައިސާގެ އިނާމު
3 ވަނަ: -/500 ރުފިޔާގެ ފައިސާގެ އިނާމު
ގްރޫޕް ސީ (13-15 އަހަރު):
1 ވަނަ: އުމްރާ ދަތުރެއް
2 ވަނަ: -/1000 ރުފިޔާގެ ފައިސާގެ އިނާމު
3 ވަނަ: -/500 ރުފިޔާގެ ފައިސާގެ އިނާމު
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ