އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން، މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އެއާ އިންޑިއާއަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ. އެ އެއާ ލައިނުން ރާއްޖެއަށް ދަތުރު ފެށިތާ 50 އަހަރު ފުރުން ފާހަގަކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ އިންޑިއާގެ ދަތުރުތަކަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސަލިއުޓެއް އަރުވައި ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި އެފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައިވާ އިރު، އެ ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ހަދިޔާކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މިއީ އެއާ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭއިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް