އިރާނު މައްސަލައިގައި ދިހަ ދުވަސް ތެރޭ ގޮތެއް ނިންމަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބޯޑް އޮފް ޕީސް އުފެއްދުމުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިއްޔެ ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތްތާ ފިޔަވަޅެއް އަޅާފާނެ ކަމަށާއި ފިޔަވަޅެއް ނޭޅި ނަމަވެސް އިރާނާއެކު ޑީލަކަށްވެސް ދެވިދާނެ ކަމަށެވެ.
ޓްރަމްޕް ވަނީ އެމެރިކާއިން ނިންމާނެ ގޮތެއް ކުރިއަށް އޮތް ދިހަ ދުވަސްތެރޭ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑީލެއް ނުހަދައިފިނަމަ ދެރަ ގޮތްތަކެއް ވެގެން ގޮސްދާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ހަފުތާ ބަންދުގައި އެމެރިކާއިން އިރާނަށް ހަމަލާ ދީފާނެއެވެ. ނަމަވެސް އެކަމުގައި ޓްރަމްޕް އަދި ގޮތެއް ނުނިންމަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނާއި އެމެރިކާއިން ނިއުކްލިއާ މައްސަލައިގައި ދެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، ދެވަނަ ބައްދަލުވުން ވެސް ކަމިޔާބު ކަމަށް އިރާނުން ބުނެފައިވެއެވެ. ނަމަވެސް ބައްދަލުވުންތަކުގައި އެއްވެސް ކަމަކަށް އެއްބަސްވެފައިވާކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް