ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ބްރިޖު 2 އަދި 3 އާ ދޭތެރޭ އޮންނަ ސަރަހައްދު (ކުރެދިމާ ހިނގުން) އަކީ އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.

އެ ބަދަލު ގެންނަން ނިންމިކަން އިއުލާންކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ އެ މަގުގެ ޓްރެފިކް ފްލޯ ދައްކުވައިދޭ ކުރެހުމެއް ވެސް އާންމުކޮށްފައެވެ.

ހުޅުމާލޭ ކުރެދިމާ ހިނގުމުގެ ޓްރެފިކަށް ގެނައި ބަދަލު ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ބުނީ އެ ބަދަލު ގެންނަން ނިންމީ، އެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން، މަގުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. އެގޮތުން، އެ މަގަކީ ހުޅަނގަށް ދަތުރުކުރެވޭ ގޮތަށް އޮންނަ އެއްކޮޅަށް ދުއްވާ (ވަން-ވޭ) މަގަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް، އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.