އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެނޑިޑެސީ ގަބޫލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސޫޒަންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އޭނާގެ ކެނޑިޑެސީ އީސީން ބަލައި ނުގަތުމުންނެވެ. އެއީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ސޫޒަން ބުނެފައި ވަނީ އީސީން އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.

ނަމަވެސް އެ މައްސައިގައި ލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާ އިރު، އޭގެ ރެކޯޑް ފިނޭންސް މިނިސްޓްރީއަކު ނެތެވެ.

އެހެންކަމުން މި މައްސަލައިގައި ސުޕްރީން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށެވެ.

އެހެންކަމުން ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށާއި އޭނާގެ ކެނޑިޑެންސީ ގަބޫލު ކުރުމަސް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.